ޓިޝޫކަމަށް ޑިކްލެއަރކޮށްގެން އޮޅުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު 2000 ކާޓޫން ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ކަސްޓަމުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެހެންކަމުން މިކަމުގެ ތަފުސީލެއް ކަސްޓަމްސްގެ ފަރާތުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހޯމް މިނިސްޓަރު ޢަލީ އިހުސާން ވަނީ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ހިފަހައްޓާފައިވާކަން ބައެއް ނޫސްތަކަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެނގިފައިވާ ގޮތުގައި ޓިޝޫގެ ނަމުގައި ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅުނީ، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކުރާ ހޯކްސްގެ ބޯޓަކުންނެވެ.

އެ ބޯޓުން ސިނގިރޭޓް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އޮޅުވާލައިގެން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައި މިވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ލާފައި ވަނިކޮށެވެ. އެ ބިލުގައިވާ ގޮތުން، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ. އަށް މަތިވާނެއެވެ. އަދި އެއާއެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް