ރައްޔިތުންގެ މަޖިލީހަށް މީޑިއާ ޑިރެކްޓަރަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަންގެ ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓަށް ޑިރެކްޓަރެއް ބޭނުންވާ ކަމަށެވެ.

އަދި އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ޑިޕްލޮމާ ހާސިލުކޮށް، 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށް، 6 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް މި މަޤާމަށް ކުރިމަތިލެވޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 7 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ކަމަށެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން މަޖިލީހުގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅަންވާނެ ކަމަށާއި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓުގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެ ކަމަށްވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް