އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހެއްގެ އަގަށް ބަދަލުގެންނަން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެންސްޕާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ބޭސްތަކުގެ އަގު ހެޔޮކުރަން ނިންމާފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން، އަގު މުރާޖާ ކުރެވިފައިވާ 87 ބޭހެއްގެ އަގަށް މި އަހަރުގެ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނެވޭނެ ކަމަށާއި، އިތުރު 126 ބޭހެއްގެ އަގަށް މިއަހަރުގެ ނޮވެންބަރު 24 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނެވޭނެކަމަށެވެ.
އަގަށް ބަދަލު ގެނެވޭ ބޭހުގެ ލިސްޓްތައް އެ ތާރީޚުތަކުގައި އާސަންދަ ވެބްސައިޓުގައި އާންމު ކުރެވެމުން ދާނެކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
އެންސްޕާއިން ބުނީ، މި ފިޔަވަޅުގެ ސަބަބުން، އަގުބޮޑުކޮށް ވިއްކަމުން ދިޔަ ބޭސްތަކުގެ އަގު ހެޔޮ ކުރެވި، އާސަންދަ ސްކީމްގެ ޚަރަދު ވެސް ކުޑަކުރެވިގެން ދާނެކަމަށެވެ. އެގޮތުން، ބޭހަށް ކުރާ ޚަރަދުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ބުނެއެވެ.
މި ބަދަލު ގެނައި ނަމަވެސް، ރައްޔިތުންނަށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އެ ލިސްޓްގައި ހިމެނޭ ބޭސްތަކުގެ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯ ބޭސްފިހާރަތައް މެދުވެރިކޮށް އިތުރު އަގަކާއި ނުލައިލިބެން ހުންނާނެ ކަމަށް ވެސް އެންސްޕާގެ އިއުލާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، އާސަންދަ ސްކީމްގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ބޭސްފިހާރަތަކުގެ ތެރެއިން އެ ބޭސްތައް ވިއްކުމަށް ރަޖިސްޓްރީ ކޮށްފައިވާ ބޭސްފިހާރަތައް މެދުވެރިކޮށް ވެސް އިތުރު އަގަކާނުލައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނޭކަމަށް އެންސްޕާއިން ބުނެއެވެ.
އާސަންދައިން ކުރަމުންދާ ބޮޑު އިސްރާފު ކުޑަކުރުމަށް އާސަންދަ އިސްލާޙުކުރުމަކީ މި ސަރުކާރުން އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު