އަހުޒަމް އަޙްމަދު   27 އޮކްޓޯބަރު 2024 - 10:47
ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ދަތުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ވިލިމާލޭގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވިލިމާލެ ހޮސްޕިޓަލުން ބުނީ ދަތުގެ ފަރުވާއަށް ނަންނޯޓްކުރެވޭނީ މިއަދު މެންދުރު 12އިން ފެށިގެން ކަމަށެވެ. އަދި މާދަމާއަށް 10 ނަންބަރު ދޫކުރާނެ ކަމަށް ހެލްތުން ބުނެއެވެ.

އަދި ދަތުގެ ފަރުވާ ދޭނީ އައިޖީއެމްއެޗުން ޑޮކްޓަރުން އައިސްގެން ކަަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ. އެއީ ކޮންމެ ހޯމަ ދުވަހެއްގައި ކަަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ވިލިމާލެ ހޮސްޕިޓަލުގައި މިހާރުވެސް ހަމުގެ ބަލިތަކާއި ކުޑަކުދިންނަށާއި އެތެރެހަށި އަދި އެހެނިހެން ހާއްސަ ދާއިރާތަކުގެ ޑޮކްޓަރުން ދަނީ ބަލިމީހުން ބައްލަވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް