ރަންވޭ ބޮޑުކުރުމަށް ފަހު އަނެއްކާވެސް މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފިއެވެ.

މި އަހަރުގެ މެއި މަހު މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަަސައްކަތަށް އެ އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލި އިރު މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނީގެ އަވަސް މަސައްކަތާއެކު އެއާޕޯޓުގެ ރަންވޭއަށް ވަނީ 650 މީޓަރު އިތުރުކުރެވިފައެވެ.

މިހާރު މާފަރު އެއާޕޯޓުގެ ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކޮށްފައިވާއިރު މި ރަންވޭގައި ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓު ފަހަރަށް ޖެއްސޭނެކަމަށް މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓަކީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓެވެ. އެގޮތުން މިދިޔަ އަހަރުވެސް މާފަރު އެއާޕޯޓަށް ރެކޯޑް އަދަދަކަށް ޖެޓް ޖައްސާފައި ވެއެވެ. 

އައިލެންޑު އޭވިއޭޝަނުގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ އަހަރުތެރޭ މާފަރު އެއަރޕޯޓަށް 353 ޕްރައިވެޓް ޖެޓް ވަނީ ޖައްސާފައެވެ. އަދި މިއީ 2022 ވަނަ އަހަރަށްވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް