ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ހުވަދުއަތޮޅު ދެކުނުބުރީ.ކަންނިގިއްލާ ކުއްޔަށް ދޫކުރުމަށް ހޯޑެއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ކަންނިގިއްލާ ކުއްޔަށް ދޫކުރުމަށް ހޯޑެއްދޫ ކައުންސިލުން ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ.

މިކަމާ ގުޅޭގޮތުން ހޯޑެއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ބޮޑުމިނުގައި 430،000 އަކަފޫޓު ހުންނަ ކަންނިގިއްލާގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ދިރޭތަކެތި ގެންގުޅުމާއި މެރިކަލްޗާގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަަންނަ ނޮވެންބަރު މަހުގެ ދިހަ ވަނަ ދުވަހުގެ ކުރިން އީއައިއޯ ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ބިޑު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ނޮވެންބަރު މަހުގެ 21 ވަނަ ދުވަސް ކަމަށްވެސް ހޯޑެއްދޫ ކައުންސިލުން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން އެ ސަރަަހައްދުގެ ދަނޑުވެރިކަން ކުރިއަރައި، އިގްތިސާދީ ކުރިއެރުންތައް ހޯދޭނެ ކަމަށް ހޯޑެއްދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދުއާއި މަޑަވެއްޔާ ދެމެދުގައި އޮންނަ މި ރަށަކީ 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ރިސޯޓު ތަރައްގީކުރަން ނިންމި ރަށްތަކުގެ ތެރެއިން ރަށެއްކަން ފާހަގަކޮށްލަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް