ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ލިބޭނީ ހިދުމަތްތައް ރައްޔިތުން އަތްފޯރާފަށަށް ގެނެވިގެންކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީނު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީނު މިއަދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި ގާނޫނީ ނިޒާމަކަށް ނުވަތަ އިދާރީ އޮނިގަނޑަކަށް ކިޔާ ނަމެއް ނޫން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމެއްގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ ހިދުމަތްތައް ލާމަރުކަޒީ ކުރެވި ރައްޔިތުންގެ އަތްފޯރާ ފަށަށް އެ ހިދުމަތްތައް ގެނެވިގެންކަމަށް ވެސް މަތީނު ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒި ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. ހާއްސަގޮތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކައުންސިލްތަކަށް ފަހިކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު