އައްޑޫ ސިޓީގައި އަންނަ އަހަރުގެ ތެރޭގައި ޓޫރިޒަމްގެ ބޮޑު ސިމްޕޯޒިއަމެއް ބާއްވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.
އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކުރުމަށް ކެނަރީފް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެމްއެމްޕީއާރުސީން އިސްނަގައިގެން އަންނަ އަހަރުގެ ތެރޭގައި އައްޑޫގައި ޓޫރިޒަމްގެ ބޮޑު ސިމްޕޯޒިއަމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ ސިމްޕޯސިއަމްގައި ޗައިނާގެ ބައެއް ޓުއަރ އޮޕަރޭޓަރުންނާއި އިންޑިޔާގެ ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މަޝްހޫރު ބައެއް އެއާލައިންތައް ބައިވެރިކުރަން ވިސްނަވަމުުން ގެންދަވާ ކަމަށެވެ. އަދި ދެކުނުގައި ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް މި ސިމްޕޯޒިއަމްގައި ބައިވެރިކުރާނެ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއވެ. ފައިސަލް ވިދާޅުވީ ސިމްޕޯސިއަމަކީ އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
"އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނުވަތަ ދެވަނަ ކުއާޓަރުގައި ސިމްޕޯސިއަމް އައްޑޫގައި ބާއްވާނަން،" ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ އައްޑޫގައި ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޝަންގްރިއްލާގެ އިސް ފަރާތްތަކާއި ތަފާތު އެކި ފަހަރުމަތިން ބައްދަލުވުންތައް ބާއްވާފައިވާއިރު ޝަންގްރިއްލާ އޮޕަރޭޝަނަށް ގެންނަން އިހުލާސްތެރިކަން ސަރުކާރުގައި އެބައޮތް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ ރައީސްގެ އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. އަދި އެކަމަށް އިންވެސްޓް ކުރާ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ ލުއިތަކެއް ދީގެން ފަތުރުވެރިކަން މުޅިރާއްޖެ އަށް ގެންދަން ރައީސް ބޭނުންފުޅުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު