ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއި އެއްގޮތަށް ރާއްޖެއަށް ބޭނުންވާ ކަރަންޓްގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއަށް އަދި މިހާތަނަށް ލިބުނީ އަންދާޒާކުރި އަދަދުގެ އެންމެ 13 އިންސައްތަކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިކަން ހާމަކުރެއްވީ، ވޯލްޑް ބޭންކާއި އައިއެމްއެފްގެ ޗެއާގެ ހައިސިއްޔަތުން އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި މިއަދު ދެއްވި ތަގުރީރުގައެވެ.
އޭނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަށް ރާއްޖެ ވާތީ، އެކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި އޭގެ ތެރޭގައި 2028 ވަނަ އަހަރު ރާއްޖޭގެ 33 އިންސައްތަ ކަރަންޓް، އިއާދަކުރަނިވި ހަކަތައިން އުފައްދަން އަޒުމު ކަނޑައަޅާފައިވާކަމަށެވެ.
ނަމަވެސް، އެ މަޝްރޫއު ހިންގުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަޝްރޫއަށް ބޭނުންވާ އެހީ ހަމަނުޖެހުން ކަމަށާއި މި މަޝްރޫއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، އަދި މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އޭގެ ތެރެއިން އެންމެ 13 އިންސައްތަ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އެހެންކަމުން، މިކަމުގައި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށާއި، އޭގެ އިތުރުން، ލަނޑުދަނޑިއަށް ވާސިލުވުމަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ވެސް އިތުރުކުރަން ޖެހިފައިވާކަމަށް ގަވަރނަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު