މާލެ އަތޮޅުގެ ދެ ރިސޯޓެއްގެ ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ، ގުޅީފަޅު ކައިރިން 2 ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 7:34 އެހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި 4 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި މާލެ އަތޮޅު ކުރޭންޑް ޕާކް ކޮއްދިއްޕަރުގައި ދުއްވާ ސްޓާފް ފެރީގައި ޖެހުނީ ހަލަވެލި ރިސޯޓަށް، މާލެ އިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ލޯންޗެކެވެ. އެ ލޯންޗް ބާރު ސްޕީޑުގައި ގޮސް ޖެހިފައިވަނީ ކުރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓް ލޯންޗްގެ އަރިމަތީގައެވެ. މި ހާދިސާގައި ދެ ލޯންޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މި ހާދިސާއާއި ގުޅޭ އިތުރު ތަފުސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް