ދަނޑުވެރިކަމުގެ ދާއިރާއިން އިޓަލީން ރާއްޖެއަށް ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.
ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރ ޑރ. އައިޝަތު ރަމީލާ އިޓަލީ ވިލާތަށް ކުރައްވާ ދަތުރު ފުޅުގައި މިއަދު ވަނީ އިޓަލީ ވިލާތުގެ ލާޒިއޯ ރީޖަންގެ ރައީސް އެންޓޮނެއްލޯ އޮރިގެއްމާ އާއި ބައްދަލު ކުރައްވާފައެވެ.
އަދި ލާޒިއޯ ރީޖަންގެ މައި އިދާރާ މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި އެންޓޮނެއްލޯ ވިދާޅުވީ ރާއްޖެއަކީ އިޓަލީ ވިލާތުން ވަރަށް ލޯބިކުރާ މަންޒިލެއްކަމަށާއި، ރާއްޖެއަށް އެއްވެސް ސިފައެއްގައި އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ ލިބޭ ޚާއްޞަ އުފަލެއް ކަމަށެވެ. އަދި މިނިސްޓަރ އެދިވަޑައިގެންނެވި ފަދައިން، ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ވެދެވޭ އެހީތެރިކަމެއްގެ ގޮތުން ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް އަންނަ އަހަރު ރާއްޖެއަށް އިޓަލީ ވިލާތުން ސްކޮލަޝިޕް ހަމަޖައްސަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ފުޅާދާއިރާއެއްގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ރާއްޖޭގެ ކުންފުނިތަކާއި ލާޒިއޯ ރީޖަންގެ ކުންފުނިތަކާއެކު ރާއްޖޭގައި ނުވަތަ އިޓަލީގައި ބައްދަލުކޮށް މަޝްވަރާކުރެވޭނެ މަގެއް ފަހިކޮށްދެއްވާނެކަމަށްވެސް މިބައްދަލުވުމުގައި ލާޒިއޯ ރީޖަންގެ ރައީސް ވަނީ ވިދާޅުވެފައެވެ
ލާޒިއޯ ރީޖަންއަކީ ބައިނަލްއަގުވާމީ މައިދާނުގައި، ދަނޑުވެރިކަން ހިމެނޭ ގޮތަށް އެކި ދާއިރާތަކުން އިންވެސްޓްކުރަން ޝައުޤުވެރިވާ ގިނަ އަދަދެއްގެ ކުންފުނިތަކެއް ހަރަކާތްތެރިވާ ރީޖަން އެކެވެ.

ކިޔުންތެރިންގެ ހިޔާލު