ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ފަޑިން ފެށިގެން މާލީ އިސްލާހުތައް ގެންނަވައި، އަންނަ އަހަރުން ފެށިގެން އެ ކަންކަން ތަންފީޒު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު ނިންމެވި ނިންމެވުމަށް ވެރިކަން ކުރާ ޕީއެންސީން މަރުހަބާ ކިޔައިފިއެވެ.
ރައީސްގެ ނިންމެވުމަށް މަރުހަބާ ކިޔައި ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަނިކުފާނު ނިންމެވީ ހަރުދަނާ އަދި ހިތްވަރުގަދަ ނިންމުންތަކެއް ކަމަށެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހެނީ މިދިޔަ ސަރުކާރުން ކަމަށް ބަޔާނުގައިވެއެެވެ.
ޕީއެންސީން ބުނީ ފާއިތުވެދިތަ ދެތިން އަހަރު ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ، އެ ކަމުގެ ސަބަބުން ލިބޭ އާމްދަނީއާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުން ދިޔައިރު، އެ ކަން އިސްލާހުކުރުމަށްޓަކައި ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ދެމުންދިޔަ ލަފަޔަށް ކުރީ ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑުކަމަށް ފަހު، ބަޖެޓު ޑެފިސިޓު އިތުރުވަމުންދިޔަ ނަމަވެސް، ރިކަރަންޓު ޚަރަދުތައް ލިބުނު އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައި ނުވާކަން އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީން ބުނީ، މިދިޔަ ސަރުކާރުން ސިޔާސީ ސަބަބުތަކަށް ޓަކައި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅައި އޮތް ނަމަވެސް، ރައީސް މުއިއްޒު އެ ފިޔަވަޅުތައް ފެއްޓެވީ ސީދާ އެ މަނިކުފާނާ ހިސާބުން ކަމަށެވެ. މިއީ މި ވަގުތު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް އެޕާޓިން ބުނެއެެވެ.
"މިއީ ސިޔާސީ ގޮތުން އުނދަގޫ، އެހެން ނަމަވެސް ގައުމުގެ ހައްގުގައި ނިންމަވަންޖެހޭ ނިންމެވުމެކެވެ،" އެ ބަޔާނުގައިވެއެވެ.
ރައީސް މުޢިއްޒުގެ ވެރިކަން ފެށުމާއެކު ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ރައީސް އަޅުއްވަން ފެއްޓެވިކަމަށް ޕީއެންސީގެ ބަޔާނުގައި ލިޔެފައި އޮތްއިރު ކުރީ ސަރުކާރަށްވުރެ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އެތައް ގުނައަކަށް ބޮޑުކަމާއި އެ މަގާމުތަކަށް ޚަރަދުކުރާ އަދަދުތައް ދައުލަތުގެ ބަޖެޓަށް ނުކަތާ ވަރަށް މައްޗަށް ގޮސްފައިވާކަން އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު