ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް، ޚުދުމުޚުތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވަމުންނެެވެ.
ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކުރާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ނިންމީ ކަމަށް ޝާހިދު ވިދާޅުވިއެެވެ. ޝާހިދު ވިދާޅުވީ އެކަން އެމަގުން ކުރުމަށް ފަހު ރައްޔިތުންގެ މުސާރައިން ބައެއް ނެގުމަށް ނިންމި ނިންމުމަކީ ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚުތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލު ކަމަށެވެ.
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ދިހަ އިންސައްތަ ކުރިއަށް އޮތް އަހަރުން ފެށިގެން އުނިކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން %10 އުނިކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ އަންނަ އަހަރުން ފެށިގެން އެމަނިކުފާނަށް މިހާރު ލިބިވަޑަައިގަންނަވާ މުސާރައިގެ 50 ޕަސެންޓް ނުނެންގެވުމަށް ވެސް ނިއްމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު