ޓެކްސް ބޮޑުކޮށްފައި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަކީ ދެބޯގެރި ދުއްވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތި ޙާލަތުން އަރައިގަތުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ ނިންމަވާފައެވެ. އެގޮތުންސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރައްވައި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންގެ މުސާރައިން މިންވަރެއް އުނިކުރަން ހުށަހަޅުއްވަން ނިންމެވި ކަން ރައީސް ވަނީ އިއުލާން ކުރަށްވާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް "އެކްސް"ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމު ރައްޔިތުން އަތުން އަދި ވިޔަފާރިތަކުން ނަގާ ޓެކްސް އެތައް ތަނަކުން ބޮޑުކުރުމަށްފަހު ސިޔާސީ ވަޒީފާތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ނިންމި ނިންމުމަކީ "ދެބޯގެރި" ދުއްވުމެއް ކަމަށެވެ. އަދި ސަރުކާރަށް މިވީ 11 މަސްދުވަހުގެ ތެރޭގައި 3000 އާ ގާތްކުރާ އަދަދަކަށް ސިޔާސީ ވަޒީފާ އުފައްދާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އެ އަދަދު 700 އަށް ކުޑަކޮށްފައި ނޫނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރާ ވާހަކަ ދެއްކުންވެސް ލަދުވެތި،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ކުރެެއްވި ޕޯސްޓުގައި ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގެ މުސާރަތައް ކުޑަކުރަން ނިންމީ، މި ފަހުން ބޮޑުކުރަން ނިންމި ޓެކްސްތަކުގެ ވާހަކަ އޮއްބައިލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު