ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކާއި އެކު މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާމެދު އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީ އިން ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތި ޙާލަތުން އަރައިގަތުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މިއަދު ވަނީ ނިންމަވާފައެވެ. އެގޮތުން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ މުސާރައިގެ ދެބައިކުޅަ އެއްބައި ނުނެންގެވުމަށް ނިންމަވާފައެވެ. އަދި ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރައްވައި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންގެ މުސާރައިން މިންވަރެއް އުނިކުރަން ހުށަހަޅުއްވަން ނިންމެވި ކަން ރައީސް ވަނީ އިއުލާން ކުރަށްވާފައެވެ.
އެކަމާ ގުޅިގެން ޕީއެންސީ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް މުޢިއްޒު އިއުލާންކުރެއްވި މިފިޔަވަޅުތަކާއެކު މާލީ އިޞްލާޙީ އެޖެންޑާ ތަންފީޒުކުރެވި ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރެވޭނެ ކަަމަށެވެ. އަދި އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކާއެކު ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ދިވެހިރާއްޖެއާމެދު އިތުރުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މާލީ އިޞްލާޙީ އެޖެންޑާއެއް އިޢުލާނުކުރައްވާފައެވެ. ދައުލަތުގެ ޚަރަދުތަކާއި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރެއްވުމާއެކު، ޓެކުސް ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަވަން ރައީސް ވަނީ ހުށަހަޅުއްވާފައެވެ. އަދި އާސަންދައިގެ ނިޒާމާއި ދައުލަތުން ދޭ ސަބްސިޑީތައް އިޞްލާޙުކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު