ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ރަައީސް ވިދާޅުވީ އޭގެ ތެރެއިން މުސާރަ ކުޑަކޮށް އަޅުއްވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް އިއުލާން ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ؛
- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
- ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން. (ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން މިހާރު 100،000ރ. އަށްވުރެ ބޮޑު މުސާރަ ލިބޭ)
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ރައީސް މުޢިއްޒު ވިދާޅުވީ އެ ފިޔަވަޅުތައް އަޅާއިރު 12،000ރ. އިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާ ވާނެ ކަމަށެވެ.
ރަައީސް ވަނީ ދަައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓު ނުނަންގަވާ ގޮތަށް ހަމަޖެއްސުމަށް އެދިވަޑަައިގަންނަވާނެ ކަން ހާމަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު