ރާއްޖޭގެ ކައުންސިލްތަކަށް ބަލައިގަންނަ ފައިސާއާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ޑިޖިޓަލްކޮށް ބެލެހެއްޓޭނެ އޮންލައިން ޕޯޓަލެއް ފަހިޕޭއިން ތައާރަފުކޮށްފިއެވެ.

މިޕޯޓަލަކީ, ރަށު އަދި ސިޓީ ކައުންސިލްތަކަށް ވަންނަ ހުރިހާ ފައިސާއެއްގެ ރެކޯޑް ބެލެހެއްޓޭނެ ފެންވަރަށް ތައްޔާރުކޮށްފައިވާ, ޒަމާނީ ޕޭމަންޓް ނިޒާމެއް ކަމަށް ފަހި ޕޭ އިން ބުނެއެވެ. އަދި ކައުންސިލްތަކަށް ޕޯޓަލް ބޭނުންކުރަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށްވެސް ފަހި ޕޭއި އިން ވަނީ ބުނެފައެވެ.

މި ޕޯޓަލް ފަރުމާކޮށްފައިވަނީ މިޕޯޓަލް ބޭނުންކުރާ ކައުންސިލްތަކުގެ ބިލްތައް ކަސްޓަމަރުންނަށް ފަހިޕޭ އެޕް މެދުވެރިކޮށްވެސް ދެއްކޭ ގޮތަށެވެ. އަދި ފަހިޕޭ އެޕާ ގުޅިފައިވާ މި އެޕަކީ ފައިސާގެ މުއާމަލާތްތަކަށް ކަރުދާސް ބޭނުންކުރުން ނިމުމަކަށް ގެނެސްދީ ޚަރަދު ސަލާމަތްކުރެވޭނެ ފަސޭހަ ނިޒާމެއް ކަމަށް ފަހި ޕޭއި އިން މައުލޫމާތު ދެއެވެ.

 

ކައުންސިލްތަކަށް މިޕޯޓަލްގެ ސަބަބުން ލިބޭނެ ބައެއް ފަސޭހަތައް:

1. ކައުންސިލުން ބަލައިގަންނަ ފައިސާގެ ހިސާބުތައް ދުވަހުންދުވަހަށް ރެކޯޑްކޮށް ރައްކާކުރުން.

2. ފައިސާގެ ރަސީދު އޮޓަމެޓިކްކޮށް ތައްޔާރުކުރެވޭނެ ނިޒާމެއް އޮތުން.

3. ރިކަރިންފީ ނުވަތަ މަހު ފީތައް އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިން ޖަނެރޭޓްކުރެވުން.

4. ކުނި ބިލް ފަދަ މުނިސިޕަލްގެ ޚިދުމަތްތަކުން ނަގާ އެކިއެކި ފީތައް ބަލައިގަނެ, ރެކޯޑްކޮށް, މަހުންމަހަށް އަދާހަމަކުރެވުން.

5. އޮންލައިންކޮށް ފައިސާގެ މުއާމަލާތް ފުރިހަމަކުރުމަށް ފަހިޕޭ އެޕްއާ ލިންކުވެފައިވުން.

6. ކައުންސިލުން ބޭނުންވާ ގޮތަށް ރިޕޯޓުތައް ޖަނެރޭޓްކުރެވުން.

7. ޕޭމަންޓް ދައްކަންޖެހޭ ކަމުގެ ނޮޓިފިކޭޝަން ކަސްޓަމަރުންނަށް ލިބުން.

8. ކައުންސިލްގެ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ޕޯޓަލް ބޭނުންކުރެވުން.

މިޚިދުމަތް ބޭނުންކުރުން މުޅިން ހިލޭ ދޫކޮށްލާއިރު ޝައުގުވެރިވާ ކައުންސިލްތަކުން 4007004 އަށް ގުޅުއްވައިގެން އިތުރު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ އެޕްލިކޭޝަން ހިންގާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް