ލައިޓް އިންޑަސްޓްރިއަލް ބޭނުމަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން މި ހިނގާ އޮކްޓޯބަރު މަހު ވިއްކަން އިއުލާނު ކުރި ބިންތަކުގެ ބޮޑުމިން ކުޑަކޮށް، އަގު ވެސް ތިރި ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޓަގްރޭޓެޑް ހަބުން 16 ބިން ވިއްކަން ނިންމާފައިވާ ކަމަށެވެ. އެއީ 1538 އަކަފޫޓުގެ 12 ބިމާއި 1515 އަކަފޫޓުގެ ހަތަރު ބިން ކަަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން މީގެ ކުރިން ކުރި އިއުލާނުގައި ބުނެފައިވާގޮތުން ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7500ރ. އެވެ. އެހެން ނަމަވެސް މިއަދު ކުރި އިއުލާނުގައި އެ އަގު ވަނީ އަކަފޫޓަކަށް 5500ރ. އަށް ކުޑަކޮށްފަ އެވެ.

އެޗްޑީސީން ބުނީ ބިން ގަނެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ނުވަތަ 100 ޕަސެންޓު ދިވެހި ކުންފުންޏަކަށް ކަމަށާއި އެންމެ ގިނަވެގެން ގަނެވޭނީ ތިން ބިން ކަމަށެވެ. އަދި ބިން ގަތުމަށް ބިޑު ހުށަހަޅަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި މިހާރު އެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަައިވާ ކަމަށް އެކުންފުނިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް