ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ކުރިއަށް އޮތް ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައްވަން ނިންމާފައިވާކަން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އިއުލާނު ކުރައްވައިފިއެވެ.
ސިނގިރޭޓާއި އެއާއި ގުޅުންހުރި އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން މެންބަރު އައްބާސް ވިދާޅުވީ، އޭނާއަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓު ބޯ މީހެއް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ނޮވެންބަރު 15 ވަނަ ދުވަހަކީ ސިނގިރޭޓު ބުއިން ހުއްޓާލައްވާނެ ދުވަސްކަމަށް އައްބާސް މިއަދު ވަނީ ވިދާޅުވެފައެވެ.
އެކަމާ އިތުރަށް ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ، ދުންފަތާއި ގުޅޭ ކަންކަމުގައި ރައީސް ނިންމެވީ ވަރަށް ވެސް މުހިންމު ނިންމެވުންތަކެއް ކަމަށެވެ. އެގޮތުން އެ ނިންމެވުންތަކުގެ ސަބަބުން މިއަދާއި މާދަމާގެ ޖީލަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށާއި ހަމަ އެގޮތަށް އެ ނިންމެވުންތަކުގެ ސަބަބުން އިގުތިސާދަށް ވެސް ރަނގަޅު ފައިދާތަކެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ބައެއް ޒުވާނުން މަހެއްގެ މައްޗަށް ހަތް ހާހެއްހާ ރުފިޔާ ސިނގިރޭޓަށް ޚަރަދު ކުރާކަމަށެވެ. އަދި އެ އަމަލު ހުއްޓާލާ އެއަށް ހޭދަކުރުން ހުއްޓާލައިފިނަމަ ރީތި ބޫޓާއި ފައިވާނަށް ވެސް އަރައި ރީތި އަންނައުނު ލައިގެން އުޅެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު