ޒުވާނުންގެ ހައްޤުތަށް ސަރުކާރުން ނިގުޅަައިގަނެ ހަނިކުރަމުން ގެންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން ގެންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، މިއަދު ފާހަގަކުރަމުން ގެންދާ ޒުވާނުންގެ ދުވަހަކީ 2008 ވަނަ އަހަރު ޢަމަލުކުރަންފެށި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިޚާބުތަކުގައި ވޯޓު ދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު ލިބުނު ދުވަސް، ކަމަށެވެ. އަދި އެދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ކުރީގެ ރައީސް ސާލިޙު ކަނޑައެޅުއްވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، 18 އަހަރު ފުރޭ ޒުވާނުންގެ ޙައްޤުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުންވެސް މިއަދު އަޑުފުލަންޖެހޭ." ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ޝާހިދު ވިދާޅުވީ ޒުވާނުންގެ ދުވަހު ހުރިހާ ދިވެހި ޒުވާނުންވެސް ޢަޒުމު އާކުރަންވީ، ބުރަމަސައްކަތާއި ޤުރުބާނީއިން ހޯދި ޙައްޤުތައް ހިފެހެއްޓުމަށް ކަމަށެވެ.
މިއަދު ފާހަގަކުރަމުން ގެންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސް މުޢިއްޒު ވެސް ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

2008 ވަނަ އަހަރު ޢަމަލުކުރަންފެށި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިޚާބުތަކުގައި ވޯޓު ދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ…
— Abdulla Shahid (@abdulla_shahid) October 22, 2024
މިއަދު ފާހަގަކުރަމުން ގެންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސް މުޢިއްޒު ވެސް ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު