ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށާއި އެކަން ސަރުކާރުން ކުރާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރަން ބަލަންޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށެވެ. އެގޮތުން ސުވާލު ނުއުފެދޭ ވަރަށް ދެ މީހެއްގެ މައްޗަށް މިހާރު ވެސް މަރުގެ ހުކުމް ތަންފީޒު ކުރެވެން އެބަ އޮތް ކަމަށާއި އެކަން ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
"ދެން އޮތީ ތަންފީޒީ މަރުހަލާ. އެހެންވީމަ އެއަށް ހަދަން ޖެހޭ، އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް އަދި ތަން ވެސް ތައްޔާރުކޮށް މީހުން ތަމުރީނުކޮށް މިކަންކަން އަޅުގަނޑުމެން މިކުރަނީ،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެމަސައްކަތް ނިމުނުހާ އަވަހަކަށް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ވަކި ތާރީހެއް ދޭން ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު