ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ޒުވާނުންގެ ދުވަހާ ގުޅިގެން އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރުމަށް ވަނީ އެދިވަޑައިގެެންފައެވެ. ރައީސްގެ މެސެޖްގައި ޤައުމާއި މުޖުތަމަޢާއި އާއިލާއަށް ވަފާތެރި ދުޅަހެޔޮ ދީންވެރި ބައެއްގެ ގޮތުގައި ޒުވާނުން ކުރިއަށްދިޔުމަށް ވެސް ގޮވާލެއްވިއެވެ.
ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެެވެ. އެ ދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު