ޓެކްސް ބޮޑުކުރުމުން އެކަނި ނުފުދޭ ކަމަށާއި، ދުންފަތާ ބެހޭ ގަވާއިދުތައް ވެސް ރަނގަޅަށް ތަންފީޒުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިއަދު ކުރި ބަހުސްގައި ނާޒިމް ވިދާޅުވީ ގާނޫނަށް ގެންނަ ބަދަލާއެކު ޓެކްސް ބޮޑުކުރުމަށް ފަހު މީހުން ދުންފަތާ ދުރަށް ގެންދިއުމަށް ފަހުން ކުރަން ޖެހޭ މަސައްކަތްތައް ވެސް ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން އޭގެ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ހަދާފައިވާ ގަވައިދުތައް ރަނގަޅަަށް ތަންފީޒުކުރެވިގެން ދިއުން ކަމަށެވެ.

"މިގޮތަށް މި ގަވައިދުތައް ތަންފީޒު ކުރެވިމުން ނުދާނަމަ ސިނގިރެޓް އަދި އަގު ބޮޑުކޮށްގެން މި މައްސަލައަށް ހައްލެއް އަންނާނެކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރަން." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެގޮތަށް ސިނގިރޭޓުގެ އަގު ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޮޑުކުރުމުން ބްލެކްމާކެޓްގައި އަގުހެޔޮ ސިނގިރެޓް ދައުރުވާން ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް