ތުރުކީއިން ގަތް ޑްރޯންތައް ބޭނުންކުރޭތޯ ސާފުކުރަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށައަޅައިފިއެެވެ.

މިނިސްޓަރު ޣައްސާން މަޖިލީހަށް ހާޒިރުކުރަން ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެެވެ.

މެންބަރު މީކާއިލް ހުށަހެޅުއްވި ނޯޓިސްގައި ވަނީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއާ ކޯގެ ޚިދުމަތަށް ގެނައި ޑްރޯން ބޭނުން ކުރަން ފަށާފައިވޭތޯ މިނިސްޓަރު ޣައްސާނުގެ އަރިހުން ސުވާލު ކުރަށްވާފައެވެ. ޑްރޯން މިހާތަނަށް ބޭނުން ކުރެވިފައި ވަނީ ކޮން ބޭނުމެއްގައިކަން ވެސް ޑިފެންސް މިނިސްޓަރު ސާފު ކޮށްދެއްވުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.



މީހަކު ނުވަތަ ބަޔަކު ގެއްލުނު އޮޕަރޭޝަނެއްގައި އެމްއެންޑީއެފް އިން އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތަކުގެ ބޭނުން މިހާތަނަށް ހިފީ އެންމެ ފަހަރަކު ކަން ފާހަަގަކުރެވެއެވެ. އޭގެ ފަހުން ހިނގި އެފަދަ ހާދިސާތަކުގައި ޑްރޯން ބޭނުން ކޮށްފައިވާ ކަން އެނގިފައެއް ނުވެއެވެެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް