އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި އެކްސިޑެންޓުތަކުގައި ހަތް މީހަކަށް އަނިޔާވެއްޖެއެެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ހިތަދޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް ރޭގެ އެކި ވަގުތުތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުތަކުގައި ހަތް މީހަކަށް އަނިޔާވެގެން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައިި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ..ފުލުހުން ބުނިގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި އަންހެނެކެެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ރޭ އައްޑޫގައި ހިނގި އެކްސިޑެންޓުތައް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެެވެ. މި ތިން އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓްގެ ސީނަށް ފުލުހުން ދިޔައިރު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު