ކުރީގެ ސަރުކާރުން ހިންގާފައިވާ ޤާނޫނާއި ޚިލާފު ކަންކަމާމެދު ފުރިހަމައަށް ޖަވާބު ދާރީ ވާންޖެހޭނެކަމަށް ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީ ސަރުކާރުން ބަޖެޓުން ބޭރުން ނަހަމަ ގޮތުގައި ޚަރަދުކޮށް އެފައިސާގެ މައުލޫމާތު އެނގެން ނެތްކަމަށް ބުނުމުން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަމީރުގެ ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ކުރީ ސަރުކާރުން ހިންގާފައިވާ އިހުމާލުތަކުގެ ނަތީޖާކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ހިންގާފައިވާ ޤާނޫނާ ޚިލާފު ހުރިހާކަމަކަށް ފުރިހަމައަށް ޖަވާބުދާރީ ވާންޖެހޭނެކަމަށެވެ. އަދި ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް އެކި ގޮތްގޮތުން ލިބުނު އެހީގެ ތަފްސީލުވެސް ފޮރުވާފައިވާކަމަށް ނައިބު ރައީސްވަނީ ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވީ މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. އަދި މިދިޔަ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ގާނޫނުއަސާސީއާއި މާލިއްޔަތު ގާނޫނާ ޚިލާފަށް ކޮށްފައިވާ އެކަންކަން ބަލައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެ ދިޔަ އަހަރުތަކުގައި ސަޕްލިމެންޓްރީ ބަޖެޓްތައް ވެސް މަޖިލީހުން ފާސްކުރީ ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނާއި ހިލާފަށް ކަމަށްވާތީ އެމައްސަލަތައް ބަލާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު