ރާއްޖޭގެ ހެލްތު ސެންޓަރުތަކުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އައުޓް ޕޭޝަންޓު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ފުޅާކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީއާއި އެންޑީއޭ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ދަށުން ރަށްތަކުގެ ހޮސްޕިޓަލްތަކުގައި މަސްތުވާތަކެތީގެ އައުޓް ޕޭޝަންޓު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުއްދަ ލިބިފައިވާކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ހުޅުމާލޭގައި މަސްތުވާތަކެތީގެ އައުޓް ޕޭޝަންޓު ފަރުވާ ސެންޓަރެއް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް ލުބްނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ މި ސްޕޭސްގައި ވީހާ ވެސް އަވަހަކަށް މަސްތުވާތަކެތީގެ އައުޓްޕޭޝަންޓް ފަރުވާ އެކި ސެންޓަރުތަކުގައި ގާއިމްކުރެވޭތޯ މަސައްކަތް ކުރަމުން. އެއީ ރާއްޖޭގެ އެކި ހޮސްޕިޓަލުތައް މެދުވެރިކޮށް މިފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހޭތޯ،" ލުބުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ލުބުނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާއަށް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރެއް ލ. ގަން، ކ. ކާށިދޫ އަދި ނ. ވެލިދޫގައި ގާއިމުކޮށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ވޭތުވެ ދިޔަ ފަސްއަހަރުގެ ފުލުހުންގެ މުވައްސަސާގެ ރެކޯޑުތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއް ނުހިނގާ އެއްވެސް ރަށެއް ރާއްޖޭގައި ނެތް ކަމަށެވެެ. ލުބުނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުންނަކީ ފަރުވާ ދޭންޖެހޭ ބައެއް ކަމަށެވެ. އަދި އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންޑީއޭ އާއި މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ލުބުނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު