އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ޓީމު އިންޑިއާގެ ބެންގަލޫރަށް ފުރައިފިއެވެ.
އޮކްޓޯބަރ 18 އިން 27 އަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމު ފުރާފައި ވަނީ މިއަދުއެވެ. މި މުބާރާތުގައި ޖުމްލަ 15 ގައުމު ބައިވެރިވާއިރު، ދިވެހިރާއްޖެ ވާދަކުރާނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ދިވެހިރާއްޖެއާއެކު ހިމެނެނީ ސިންގަޕޫރު، ޗައިނީސް ޓައިޕޭ އަދި ބަހްރެއިން އެވެ.
ރާއްޖޭގެ ޓީމުގެ ސްކޮޑްގައި 12 ކުޅުންތެރިން ހިމެނޭއިރު ކެޕްޓަންކަން ކުރާނީ ހަމްނާ ޢަބްދުއްރަހްމާންއެވެ. އަދި ވައިސް ކެޕްޓަންގެ މަގާމުގައި ހުންނާނީ މަރްޔަމް ޝިނާއަތު އެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމުން ވަނީ އަވައްޓެރި ސްރީލަންކާގައި ތަމްރީން ކޭމްޕެއްވެސް ބާއްވާފައެވެ. އެގޮތުން ދިވެހި ޓީމުން ވަނީ ލަންކާގެ އެކި ޓީމުތަކާ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.
އިންޓަނޭޝަލަން މުބާރާތަށް ދިވެހި ޓީމު ފުރިއިރު ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ދިވެހި ނެޓްބޯޅަ ޓީމު ވަނީ އޭޝިއާގެ ރޭންކިންގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިކަން ފާހަގަ ކުރެއެވެ. އެގޮތުން 2022 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ 10 ވަނައިން 7 ވަނައަށް ޖެހިލާފަ އެވެ. އަދި މި ޓީމުގެ ކޯޗު ފާހަގަކުރެއްވި ގޮތުގައި މި މުބާރާތުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ ރޭންކިން އިތުރަށް ރަނގަޅުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު