އައްޑޫ ސިޓީ، ހިތަދޫގެ ފިހާރައަކަށް ވަދެ، ބިރުދައްކައި ފޭރުނު މައްސަލައިގައި އިތުރު ދިވެއްސެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށާއި އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިއަދު އިތުރު މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއަދު ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާއިގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ފިލާބުރިއަކާއި ކުޑަ ވަޅިއަކުން ފިހާރައިގައި އިން ސޭޓަށް ބިރު ދައްކާ މަންޒަރެވެ. އަދި ހަޑިހުތުރު ބަހުން ވާހަކަދައްކައި އިންޒާރުދޭތަން ވީޑިއޯއިން ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް