މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ހިރާސްތަކުން އަރައިގަތުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޑިފެންސް މިނިސްޓަރު ޣައްސާން ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފިލިޕީންސްގެ މެނީލާގައު ކުރިޔަށްދާ ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޭޝިޔާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ގައުމެއް ކަމަށާއި އެކަމުގެ ސަބަބުން ކުރާ އަސަރު ކުޑަކުރަން ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން ދާކަމަށެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެސް މޫސުމީ ކަންކަމާއި ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މޫސުމީ ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ފަސް އަހަރުގެ ގައުމީ ޕްލޭނެއް އަންނަ މަހުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ނިންމާފައިވާކަން އެއީ އޭގެ ހެއްކެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް އެއްވެސް ގައުމެއް ބާކީނުކޮށް، އެންމެން އެކުގައި މަސައްކަތްކޮށް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ އެންމެންގެ ވެސް ޒިންމާއެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު