ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓުން ވަނީ މޫސް ގޯސްކަމަށް ލަފާކުރެވޭތީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 ގެ ނިޔަލަށެެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެވެސް ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އަރައި އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިޔަށް ހުރި ވަގުތުތަކުގައި މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އުތުުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފަައި ވިލާގަނޑުގައި އިތުރަށް ގަަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އެވްރެޖު ގޮތެއްގައިބ ހުންނާނީ 3-6 ފޫޓުގެ އުސްމިނުގައި ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު