ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އޮަަޅުވާލައިގެން މަސްތުވާތަކެތި އެކުލެވޭ ވޭޕް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް "ވޭޕް އޮއިލް"ގެ ނަމުގައި ރާއްޖެ އެތެރެ ކުރަނިކޮށް ރޭ އަތުލައިގަތުމާއި ގުޅިގެންނެެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ މި ޝިޕްމަންޓު އަތުލައިގެންފައި ވަނީ ކަސްޓަމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ ވޭޕް މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެންމެ ބޮޑު އެއް ސަބަބުކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރޭ އަތުލައިގަތް ޝިޕްމަންޓުގެ ފޮޓޯ އެކްސްގައި ހާމަކުރަށްވާފައެވެ. އެ ޝިޕްމަންޓުގައި ކެނަބިސް އަޅައިގެން ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ، ވޭޕަށް އަޅާ ފްލޭވާ ކަމަށް ބެލެވެއެވެ. މިނިސްޓަރު އާންމުކުރެއްވި ފޮޓޯތަކުގައި ފޮށިގަނޑުތަކެއްގައި ހުރި ފެހި އަދި ފިޔާތޮށި ކުލައިގެ ފުޅިތަކެެއް ފެނެއެވެ.
ރާއްޖެ އަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެކަން ހާސިލް ކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ރޭ ވަނީ ވިދާޅުވެފައެވެ.

14 May 2024 vana dhuvahu Raajje etherekuranikoh hifehettunu cannabis alhaafaivaa Vape Cartridge. School thakuge kiyavaa kudhinnah mifadha masthuvathakethi himeney vape olhuvaalaigen dhemundhaakan vanee faahanga kurevifa. https://t.co/DqSrn265xq pic.twitter.com/SYBCoBzCfC
— Minister of Homeland Security & Technology (@min_mohst) October 14, 2024
މިނިސްޓަރު ވިދާޅުވީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ ވޭޕް މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެންމެ ބޮޑު އެއް ސަބަބުކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރޭ އަތުލައިގަތް ޝިޕްމަންޓުގެ ފޮޓޯ އެކްސްގައި ހާމަކުރަށްވާފައެވެ. އެ ޝިޕްމަންޓުގައި ކެނަބިސް އަޅައިގެން ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ، ވޭޕަށް އަޅާ ފްލޭވާ ކަމަށް ބެލެވެއެވެ. މިނިސްޓަރު އާންމުކުރެއްވި ފޮޓޯތަކުގައި ފޮށިގަނޑުތަކެއްގައި ހުރި ފެހި އަދި ފިޔާތޮށި ކުލައިގެ ފުޅިތަކެެއް ފެނެއެވެ.
ރާއްޖެ އަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެކަން ހާސިލް ކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ރޭ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު