ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވާކަމަށް ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާ ކުރުމުގެ އިތުރުން، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މުޢިއްޒު މިއަދު ވަނީ އަންގަަވާފައެވެ.
މިކަމާއި ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ، މަސްތުވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނެއް އަދި އެތައް ކުޑަކުދިންނެއް މިއަދު ރާއްޖޭގައި ތިބިކަމީ ހަގީގަތް ކަމަށާއި ހާއްސަކޮށް ވޭޕުކުރާ ކުޑަކުދިން އިންތިހާއަށް އިތުރުވާކަން، ސުކޫލުތަކުން ހޯދާ ވޭޕުގެ އަދަދުތަކުން ޔަގީންވާ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
މަހްލޫފު ވިދާޅުވީ، ވޭޕު ކުރުން ހުއްޓުވުމުގެ މަގުސަދުގައި، ވޭޕުކުރަން ބޭނުންކުރާ ސާމާނާއި އޭގެ ވަކިވަކި ބައިތައް އެތެރެކުރުން ހުއްޓުވުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމުމަކީ ރަނގަޅު ކަމެއްކަމަށްދެކި މަރުހަބާ ވިދާޅުވާކަމަށެވެ.
މަހުލޫފު މިހެން ވިދާޅުވެފައިވާއިރު ގިނަ ބަޔަކު ދަނީ ރައީސްގެ އެ ނިންމެވުމަށް މީސްމީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު