ދިވެހި ދަރިވަރުންނަށް ބެލްޖިއަމްގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އިތުރުކުރަން ސަރުކާރުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައި ވަނީ ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، ބެލްޖިއަމް ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ފޯ އޭޝިއާ އެންޑް އޯޝަނިއާ، އެމްބެސެޑާ ފްރާންސުއާ ޑެލްހަޔެއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓްރީއިން ބުނީ އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ސަފީރު ގީލާ އަލިއަޅުއްވާލައްވާފައިވާ ކަމަށާއި މިގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި، ބެލްޖިއަމް ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކުގެ މައްޗަށް މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި އިގްތިސާދާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ދިވެހި ކިޔަވާކުދިންނަށް ބެލްޖިއަމްގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ސަފީރުން ވަނީ މަޝްވަރާކުރައްވާފައެވެ. މިނިސްޓްރީން ބުނީ ޔޫރަޕިއަން ޔޫނިއަންއާއެކު ދިވެހިރާއްޖެއިން ކުރިއަށް ގެންދާ މުހިންމު މަޝްވަރާތަކާ ގުޅޭގޮތުން ވެސް ދެގައުމުން މަޝްވަރާކުރެއްވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު