ހުޅުމާލޭގައި ތަރައްގީ ކުރާ ބުޅާ ފެސިލިޓީ ނުވަތަ ކެޓް ޝެލްޓާއަށް ބޭނުންތަ ތަކެތި ފޯރުކޮށްދޭން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ ފެސިލިޓީ ތަަރައްގީކުރާ މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ބުނީ ބުޅާ ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ފޯރުކޮށްދޭން ހަވާލުކުރީ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 210,036.61 ރުފިޔާ އަށް ކަމަށެވެ.

ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކުރަނީ 5،000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރަން ވަނީ ނިންމާފައެވެ. މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ފެސިލިޓީއެކެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ޖުލައި މަހު ބުނީ އެ ފެސިލިޓީގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު