އީޖާދީ ގޮތެއްގައި ހިނދުން ހިނދަށް ހައްލު ހޯދައިދޭނެ ނިޒާމެއް އދ.ގެ ސަލާމަތީ މަޖިލީހުގައި ގާއިމްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ރޭ ތަގުރީރު ކުރަށްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުތަކަށް ފެންނަ ގޮތަކަށް، އަމިއްލަ މަސްލަޙަތަށް ކަންކަން ނިންމަން ފަށައިފިނަމަ، އިތުރު ކޯޅުންތަކާއި ހަމަނުޖެހުންތައް އުފެދޭނެ ކަމަށެވެެ.

އެކަމަށް ޙައްލު ހޯދުމަށްޓަކައި، އެ ބަޔަކަށް ޚިދުމަތް ކުރުމުގެ ނަމުގައި މަޖިލިސް އެކުލަވާލި މީހުންގެ ވާހަކަތައް އަޑު އަހަން މަޖުބޫރުކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން ތަޖުރިބާކާރުން، މަދަނީ ޖަމިއްޔާތައް، ސަރަޙައްދީ އިދާރާތައް އަދި ވަކިވަކި ފަރުދުންގެ އަޑުތައް އދ. ސަލާމަތީ މަޖިލީހުން އަހަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މި ގޮވާލަނީ، ރައްޔިތުންގެ ފަރާތުން، އީޖާދީ އަދި ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއް މި މަޖިލީހުގައި ޤާއިމު ކުރުމަށް. އެ ބަޔަކަށް ޚިދުމަތް ކުރުމަށް އަޅުގަނޑުމެން އިންތިޚާބު ކުރި ރައްޔިތުންގެ އިތުބާރު އަލުން އަޅުގަނޑުމެންގެ މައްޗަށް ހޯދުމަށްޓަކައި، އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރު ކުރަމާ ހިންގަވާ." ރައީސް މުޢިއްޒު ވިދާޅުވިއެވެެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގައި ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް) ތަމްސީލްކުރުމަށް، އެ މަޖިލީހުން ދާއީމީ މެމްބަރުކަން ބަދަލުވާގޮތަށް ދާއިމީ ގޮނޑިއެއް ދޭންޖެހޭކަމަށެެވެ. އެމަނިކުފާނު ވިދާޅުވީ މެމްބަރުކަން ކުރާ ގައުމުތައް ބަދަލުވާ ގޮތަށް ސިޑްސްއަށް ސަލާމަތީ މަޖިލީހުގައި ދާއިމީ މެމްބަރުކަން ދިނުމަކީ، އެ މަޖިލީހުގައި ހަމަހަމަކަމާއެކު ގައުމުތައް ތަމްސީލުކުރުމަށް އެޅޭނެ ތާރީޚީ ފިޔަވަޅެއް ކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ދުނިޔޭގެ ޝާމިލުވުން ހިމެނޭ ކައުންސިލަކަށް ސަލާމަތީ ކައުންސިލް ހެދުމަށް ހެދުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ސަލާމަތީ މަޖިލިސް މިހާރު އެކުލެވިގެންވާ ގޮތަކީ މާ ކުރީގެ، އަދި ބަދަލުކުރަންޖެހިފައިވާ ގޮތެއް ކަމަށެވެ. އަދި އެ މަޖިލިސް އޮތީ އދ.ގެ މެމްބަރު ގައުމުތަކުގެ ހަގީގަތްތަކާ މާ ދުރުގައިކަމަށް ރައީސް ވިދާޅުވިއެވެ. އދ.ގެ މެމްބަރު ގައުމުތަކުގެ ފަސް ބައިކުޅަ އެއްބަޔަކީ ރާއްޖެ ފަދަ، ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެެވެ. ރައީސް ވިދާޅުވީ އެ ގައުމުތަކުގެ ބަހާއި ދެކޭ ގޮތް ވެސް މުހިންމު ކަމަށާއި މައްސަލަތައް ހައްލުކުރުމުގައި އެ ގައުމުތަކުގެ ތަޖުރިބާ ވެސް މުހިންމު ކަމަށެވެ.

މިއީ ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ބައިވެރިވެ ރާއްޖޭގެ ރައީސަކު ތަގުރީރުކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު