ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލި ގޮވާލުމަށް ތާއިދުކުރާކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)އިން ހާމަކޮށްފި އެވެ.
މެޑިކަލް އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މުޅި ދުނިޔެއަށް ވެސް މިވަގުތު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި، ދުންފަތާއި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ އެފަދަ ބަލިތަކަށް މަގުފަހިވުމުގައި އިސް ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކާ ކަމަށެވެ.
އެހެންވެ ދުންފަތާއި ވޭޕް ރާއްޖޭގައި މަނާ ކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޕީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް މެޑިކަލް އެސޯސިއޭޝަނުން ގޮވާލުމުން ދައްކުވައިދެނީ ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމަޢަށް ސިއްހީގޮތުން ކުރިމަތިވާ ބޮޑެތި އަސަރުތައް ދެނެގަނެ، ލިބިގެންދާނެ ގެއްލުންތައް ހުއްޓުވުމަށް ދުރާލާ މަސައްކަތްކުރުމުގެ މުހިންމުކަން ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކޭކަމަށް ވެސް އެ ޕާޓީން ބުނެފައި ވެއެވެ.
"މޯލްޑިވްސް ނެޝެނަލް ޕާޓީއިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ތާއީދުކުރަނީ، ދާއިމީ ނުރައްކާތެރި ބަލިތައް މަދުކުރުމަށާއި، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ކަށަވަރުކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްކަމަށްވާތީ މިފުރުޞަތުގެ ބޭނުން ހިފައިގެން ހެޔޮ ބަދަލެއް ގެންނަމާތޯ!" އެމްއެންޕީން އިތުރަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު