އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް "ބީޗެއް" ހަދަން ފަށައިފި އެވެ.
އައްޑޫގައި ފަތުރުވެރިކަން ފުޅާކުރަން ނިމިގެން ދިޔަ ސަރުކާރުންނާއި މި ސަރުކާރުން ވެސް ޕްލޭންތަކެއް އެކުލަވާލި އެވެ.
އެހެން ނަމަވެސް ފަތުރުވެރިންނަށް ހާއްސަ ބީޗެއް ނެތުމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ފާޅުކުރެއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ފޭދޫ ވަށައިގެން 2016 ގައި ބިން ހިއްކާފައިވާ ރަށުގެ އުތުރު ފަރާތުގައިވާ ފަޅުރަށެއް ކަމަށްވާ ދިގިހެރައިގެ ފުއްޓަރު ސަރަހައްދުގައި މިހާރު ބީޗެއް ތަރައްގީ ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
އެ ބީޗު ހެދުމުން އައްޑޫގެ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ހާއްސަ ބީޗެއްގެ ގޮތުގައި އެތަން ހަމަޖައްސާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އެ ބީޗުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެކަަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫއަކީ ގުދުރަތީ ރީތި ކުޅިތަކުގެ މުއްސަނދިކަން ލިބިފައިވާ ސަރަަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު