ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތަށް އެ ކުންފުނީގެ 99 ޕަސެންޓް ވެހިކަލް މަގުމައްޗަށް މިހާރު ނެރެމުންދާ ކަމަށާއި ދަތިކަމެއް ނެތި މިހާރު ކުނި ނެގޭނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ވެމްކޯގެ ވެހިކަލްތަކުގެ ހާލަތު ވަރަށް ދަށް ކަމަށެވެ.
އެގޮތުން ބޭނުން ނުކުރެވޭ ހާލަތުގައި ވެމްކޯގެ ވެހިކަލްތައް ހުރި އިރު އެއް ވެހިކަލަކަށް މައްސަަލަ ޖެހުމުން އެހެން ވެހިކަލްތަކުން ސްޕެއާ ނަގައިގެން ބޭނުން ކުރަމުން ދިޔަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ފަހުރުވެރިކަމާއެކު މިއަދު ދަންނަވާލަން ބޭނުންވަނީ އަޅުގަޑުމެން [ކުންފުންޏާ] ހަވާލުވެގެން ގޮސް މިއަދު ކުންފުނީގެ ވެހިކަލް ފްލީޓްގެ ބޮޑު ބައެއް ގާތް ގަނޑަކަށް 99 ޕަސެންޓް އަޅުގަނޑުމެން މަގުމައްޗަށް އެބަ ނެރެމޭ. އެއީ މިވީހާތަނަށް ކުރެވުނު ކަމެއް ނޫން. މިދިޔަ ރޯދަ މަހުން ފައްޓައިގެން އެގޮތަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން." އެމްޑީ ވިދާޅުވި އެވެ.
އެހެން ކަމުން މިހާރު ގްރޭޓާ މާލޭ ސަރަހައްދުން ދަތިކަމެއް ނެތި ކުނި ނެގެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މާލޭ ސަރަހައްދުން އަންދާޒާވެސް ނުކުރެވޭ މިންވަރަށް ކުނި ނަގަން ޖެހޭ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އެހެން ކަމުން އެއީ ވެމްކޯއަަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު