އަވައްޓެރި އިންޑިޔާގެ އައްސާމް ސްޓޭޓްއަށް ކުރި ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 58 އަށް އަރައި، 29 ޑިސްޓްރިކްޓް އަދިވެސް ފެނުއަޑީގައިވާކަމަށް އޮފިޝަލުން ރިޕޯޓުކޮށްފިއެވެ.

މެއި މަހުން ފެށިގެން އައްސާމް ސްޓޭޓަށް ބޯކޮށް ވާރޭވެހެމުންދާއިރު މިއަދާ ހަމައަށް މަރުވި މީހުންގެ އަދަދު 58 އަށް އަރާފައިވާ ކަމަށް އައްސާމް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އޭއެސްޑީއެމްއޭ) އިން ބުނެފި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ހަ މީހަކު ވަނީ މަރުވެފައެވެ. އެގޮތުން ޗަރައިޑޭއޯ ޑިސްޓްރިކްޓުން ދެ މީހަކު އަދި ގޯލްޕަރާ، މޮރިގައުން، ސޮނިޓްޕޫރު، އަދި ޓިންސުކިއާ ޑިސްޓްރިކްޓުން ކޮންމެ ހިސާބަކުން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

29 ޑިސްޓްރިކްޓެއް އަދިވެސް އޮތީ ފެނު އަޑީގައި މަކަށް އޮފިޝަލުން މައުލޫމާތު ދޭއިރު، 3،500 އަށް ވުރެ ގިނަ އަވަށުން ގާތްގަނޑަކަށް 68،768.5 ހެކްޓަރުގެ ދަނޑުވެސް ފެނުއަޑީގައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބްރަހަމާޕޫތުރާ އާއި ބަރަކް ހިމެނޭ ގޮތަށް ބޮޑެތި ކޯރުތައް ނުރައްކާތެރި މިންވަރަށް ފެން އިތުރުވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އައްސާމް ސްޓޭޓްގެ ޔޫނިއަންގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާއާ ގުޅިގެން ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކުރި ހިސާބުތަކުގެ ހާލަތު މުރާޖައާކޮށްފަ އެވެ.

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އިންޑިޔާ ސަރުކާރުން އެހީތެރިވަމުންދާއިރު މިހާރުވެސް ރިލީފް ކޭމްޕްތަކުގައި 53،000 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ދަނީ ހޯދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން