ސިކުނޑީގެ ސެލްތައް ނައްތާލާ ޖަރާސީމެއް އިންޑިޔާގައި ފެތުރި، ކުޑަކުދިން މަރުވަމުންދާކަމަށް އެގައުމުގެ ސިއްހީ ދާއިރާގެ އޮފިޝަލުންނާ ހަވާލަދީ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

މިޖަރާސީމު މިހާރު އެންމެ ބޮޑަށް ފެތުރެމުން ދަނީ އެގައުމުގެ ދެކުނުގެ ސްޓޭޓް ތަކުގައެވެ. މެއި މަހުގެ ފަހުކޮޅު ފެތުރެން ފެށި ”ޕްރައިމަރީ އެމިބިކް މެނިންޖޯއެންސެފަލައިޓިސް“ ނަމަކަށް ކިޔާ މި ވައިރަލް އިންފެކްޝަން ޖެހިގެން މިހާތަނަށް 3 ކުދިން ވަނީ މަރުވެފައެވެ.

އަވައްޓެރި އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ހެލްތު ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އެންމެ ފަހުން މި ބަލީގައި މަރުވި، މުރިދިލް ނަމަކަށް ކިޔާ ކުއްޖާ މަރުވެފައިވަނީ ބުދަ ދުވަހުގެ ރޭ 11.20 ހާއިރު ކަމަށެވެ.

މި ބަލީގެ ފުރަތަމަ ހާދިސާ ހިނގާފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ފުރަތަމަ މަރުވެފައިވަނީ ފަސް އަހަރުގެ އަންހެން ކުއްޖެކެވެ. އަދި ދެވަނަ ހާދިސާއަކީ ޖޫން މަހުގެ 25 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. އެފަހަރު މަރުވީ ކަންނޫރުގެ 13 އަހަރުގެ އަންހެން ކުއްޖެކެވެ.

'ސިކުނޑި ކާ' އަމީބާ އިންފެކްޝަން އަކީ ކޮބާ؟

ޕްރައިމަރީ އެމިބިކް މެނިންޖޯއެންސެފަލައިޓިސް (ޕީއޭއެމް) ޖެހެނީ ނޭގްލެރިއާ ފައުލެރީ އިންނެވެ. އިންޑިޔާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި ނޭގްލެރިއާ ފައުލެރީ އަކީ ކޯރުފަދަ ބޮޑެތި ފެންގަނޑުތަކުގައި ދިރިއުޅޭ އަމެބާގެ ނަމުން މަޝްހޫރު އެންމެ ސެލްތަކުގެ ސިފައިގައި ހުންނަ ޖަރާސީމުގެ ވައްތަރެކެވެ. މި ސެލްތައް ހަށިގަނޑަށް ވަދެ ސިކުނޑިއަށް ވާސިލްވެ، ބަލިޖެހި ސިކުނޑީގެ ޓިޝޫތައް ހަލާކުކޮށްލަނީއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން