އަވައްޓެރި އިންޑިޔާގެ ބަކްރާ ކޯރުގެ މަތީގައި އަލަށް ހަދާފައިވާ އެއްގަމު ބްރިޖެއް ދެވަނަ ފަހަރަށް ވެއްޓިއެއްޖެއެވެ.

އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ އަރާރިއާގެ ސިކްޓީ ބްލޮކްގައި ހަދާފައިވާ ބްރިޖެކެވެ. ވެއްޓިފައި ވަނީ ބްރިޖުގެ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލަދީ އެގައުމުގެ މީޑިޔާ ތަކުން ރިޕޯޓުކުރެއެވެ. މި ހާދިސާއާއި ގުޅިގެން ބްރިޖްގެ މަސައްކަތުގައި އުޅުނު ދެ ސުޕަވައިޒަރުން ވަނީ މިހާރު ސަސްޕެންޑު ކޮށްފައެވެ.

ބްރިޖު ވެއްޓުމުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބްރިޖާއި ގުޅިފައިވާ މަގުތައް އަދި ނުހެދި ހުރުމާއި އެކު އެ ބަރިޖްގެ މަރާމާތަށް ފަހު އަދި އެތަން ހުރީ އާންމުންނަށް ނުހުޅުވަ އެވެ.

ރުރަލް ވޮކްސް ޑިޕާޓްމަންޓް (އާރުޑަބްލިއުޑީ) އިން 10 ކްރޯޑް ރުޕީސް ހަރަދުކޮށްގެން ހަދާފައިވާ މި ބްރިޖަކީ ސިކްޓީ ބްލޮކުގެ ރަށްތައް އަރާރިއާ ޑިސްޓްރިކްޓްގެ ކުރުސާ ކަންޓާ ބްލޮކާއި ގުޅުވައިދިނުމަށް ހަދާފައިވާ ބްރިޖެކެވެ. ބައެއް މަސްދަރުތަކުން ބުނާ ބްރިޖް ވެއްޓެން ދިމާވީ ބްރިޖް ހުރި ކެޗްމަންޓް ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ފަހުން މި ބްރިޖް ވެއްޓިފައި ވަނީ 2020 ވަނަ އަހަރުގައެވެ. އެފަހަރުވެސް ބްރިޖް ވެއްޓެން ދިމާވީ ބަކްރާ ކޯރުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން