ސައުދީ އަރަބިއްޔާގައި މިދުވަސްކޮޅު ފިނިހޫނުމިން މަތިވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ހައްޖުވެރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އިލްތިމާސް ކޮށްފި އެވެ.

ސައުދީ ހެލްތު މިނިސްޓްރީއާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން މިހާރުވެސް 16 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގަދަ ހޫނުގެ ސަބަބުން އެތައް ހާސް ބަޔަކަށް ސިއްހީ ފަރުވާ ދެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ޖޫން 16 ވަނަ ދުވަހު އެކަނި ވެސް 2،700 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެވުނު ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުނެއެވެ.

ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ޖޫން 17 ވަނަ ދުވަހު މައްކާގެ ފިނިހޫނުމިން ބުރީ 51.8 ޑިގްރީ ސެލްސިއަސް ގައެވެ.

އުރުދުންގެ ފޮރިން މިނިސްޓްރީން ޖޫން 16 ވަނަ ދުވަހު ބުނެފައި ވަނީ "އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ސަން ސްޓްރޯކް ޖެހިގެން" އެގައުމުގެ 14 ހައްޖުވެރިން މަރުވެފައިވާ ކަމަށެވެ. އަދި އެގައުމުގެ 17 ހައްޖުވެރިން ވަނީ ހައްޖުގެ އަޅުކަމުގެ ތެރޭގައި ގެއްލިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މީހުން މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން