ސާޅީސް އަށްގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ފަށަން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލައްވަައިފި އެވެ.
ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރުވެސް މަސްވެރިންނަށް ނުދެވި އޮތް ފައިސާ ދެވޭނެ ގޮތްތައް އޮތީ ހޯދާފައި ކަމަށެވެ.
އަދި މަސްވެރިންނަށް މިހާރު 190 އެއްހާ މިލިއަން ރުފިޔާ ނުދެވި އޮތް ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އަސްލު 300 އެއްހާ މިލިއަން ރުފިޔާ މިހާރު ނުދެއްކި އެބައޮތް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
އަދި ކުރީގެ ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދައްކާ ހުރި ކަމަށް މި ސަރުކާރުން ބުނި ނަމަވެސް ނިމިގެން ދިޔަ ސަރުކާރުގެ ފަސް އަހަރުގައި މަސް ބޭނި އަދަދާއި އަދި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދަށް ބެލުމަށް އަމީރު ގޮވާލެއްވި އެވެ.
ކިތަންމެ ދަތީގައި ވެސް ނިމިގެން ދިޔަ ސަރުކާރުގައި ހަފްތާއަކު އެއް ދުވަހު މަސްވެރިންނަށް ފައިސާ ދެއްކި ކަމަށް އަމީރު ވިދާޅުވި އެވެ.
"ރައީސް މުއިއްޒު ހޮވިވަޑައިގަތީ 48 ގަޑިއިރު ތެރޭގައި ވަގުތުން ވަގުތަށް ފައިސާ ދޭގޮތަށް [ވައުދުވެގެން އެހެންވީމާ] އެގޮތަށް ފައިސާ ދޭން ފަށަން އަޅުގަނޑު ގޮވާލަން." އަމީރު ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިއިރު މަސްވެރިންނަށް އިތުރަށް ކޮށްދޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. އަދި ސްޓޯރޭޖް ކެޕޭސިޓީ ފަދަ ކަންކަމުން ފެށިގެން މަސްވެރިންގެ ނަފަޔަށް ކުރީގެ ސަރުކާރުން މަސައްކަތްތައް އޮތީ ފަށައިފައި ކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު