މިހާތަނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްސީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާން އިއްޔެ ވަނީ އިއްވަވާފައެވެ. އެކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެރިޔާސީ ބަޔާނަކީ މިހާތަނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްސީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށެވެ. އެގޮތުން ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ދިވެހި ގައުމުގެ އިއްޔެއާއި މިއަދުގެ ހާލަތާއިއެކު މާދަމާއަށް ކުރާ އުންމީދުތަކާއި ހޯއްދަވާނޭ ހައްލުތައް ވިދާޅުވެ ދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތްތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެގޮތުން މިއީ ދިވެހި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާއާއިއެކު އިއްވެވި ބަޔާނެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. ގާސިމް ވަނީ ފުރިހަމަ ރިޔާސީ ބަޔާނެއް އިއްވަވައި ދެއްވި ކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފައެެވެ.
މީގެ އިތުރުން ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ބޮއިކޮޓް ކޮށްފައިވާތީ އެކަމާ ވެސް ސުވާލު އުފައްދަވައި އެއީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ ޤާސިމް ސުވާލު ކުރެއްވިއެވެ.
"ގާނޫން އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރައީސް ޑރ މުހައްމަދު މުއިއްޒު އިއްވަވައި ދެއްވި މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކެއް ބޮއިކޮޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ،؟" ގާސިމް ސުވާލުކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު