ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގައި ބިނާކުރި 4000 ފްލެޓަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން މައްސަލަ ނޫޅެނީ 20.7 އިންސައްތަ ފޯމްގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
ނިމިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ ދާއިމީ ލިސްޓް އިންސާފުވެރިނޫން ކަމަށް ބުނެ ވަރަށް ގިނަ މީހުން ޝަކުވާ ކޮށްފައިވެއެވެ. އެކަމުގައި ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އޭސީސީން މިކަން ހާމަކުރީ މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއަދާއި ހަމައަށް އެލިސްޓާއި ގުޅިގެން އޭސީސީއަށް ޖުމްލަ 350 ޝަކުވާ ހުށައަޅާފައި ވެއެވެ.
އެއާއި ގުޅިގެން ހިންގި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބަލާފައިވާކަމަށް އޭސީސީން މަޢުލޫމާތުދީފައި ވެއެވެ.
އޭސީސީން ބުނިގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި 59.6 ޕަސެންޓް ފޯމުގެ ޝަރުތު ހަމައެއްނުވެއެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.
ޝަރުތު ހަމަވީ ނަމަވެސް 19.7 އިންސައްތަ ފޯމުގައި މައްސަލަ ހުރިކަން އޭސީސީން ފާހަގަކުރިއެވެ. އެއީ ގާތްގަނޑަށް 1،600 ފްލެޓެވެ.
މީގެއިތުރުން ޝަރުތު ހަމަނުވާ ބައެއް ފަރާތްތަކަށް ހޯމް މިނިސްޓްރީން ޕޮއިންޓް ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ހުށަހެޅި ޕްރެޒެންޓޭޝަނުން ފާހަގަކުރެވިފައި ވެއެވެ.
ފޯމުތަކުގައި ހުރި މައްސަލަތައް:
* ބައެއް ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ޑީއެންއާރްގައިވާ މައުލޫމާތާއި ފުށުއަރާ. އެގޮތުން، ދަރިން ނެތް މީހުންނަށް ޕޮއިންޓް ދީފައިވާ ކަން ތަހުގީގަށް ހޯދިފައިވޭ
* ގޭގެ ވެރިފަރާތުން ހުށަހަޅާފައިވާ ލިޔުމާއި ކައުންސިލުން ހުށަހަޅާފައިވާ ލިޔުންތަކަށް ބުރަވެ، މާލޭގައި މެދުނުކެނޑި 15 އަހަރު ވަންދެން ދިރިއުޅެފައިވާ ފަރާތްތަކެއްކަން ހައުސިންގ މިނިސްޓްރީން ނިންމުން. އެމައުލޫމާތު ޕެންޝަން އޮފީހުގެ މައުލޫމާތާއި އަޅާކިޔާއިރު ފުށުއަރާކަަން ކޮމިޝަނުން ފާހަގަކުރި
* ޖުމްލަ އާމްދަނީ މަހެއްގެ މައްޗަށް 60،000 އަށްވުރެ ގިނައިން ލިބޭ މައި އެޕްލިކެންޓަށްވެސް ޝަރުތު ހަމަވާކަމަށް ނިންމާ، ޕޮއިންޓް ދީފައިވުން
* ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އުސޫލާއި ޚިލާފަށް އެކަމަށް ޚާއްސަކޮށް ޕޮއިންޓް ދީފައިވުން
* މީގެ ކުރީގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގައި ބައިވެރިވެފައިވާ ފަރާތްތަކަށް ޙައްޤު ނޫން ޕޮއިންޓް ދިނުން
* ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި ބައެއް ފަރާތްތަކުން އާ ލިޔެކިޔުން ހުށަހަޅާފައިވޭ.

ކިޔުންތެރިންގެ ހިޔާލު