ދުނިޔޭގެ ފެންވަރުގައި ކޯޑު ކުރާ ޒުވާނުން އުފައްދަން ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ތައުލީމާއި ވަޒީފާއާ އާމްދަނީގެ ފުރުސަތުތައް ޒުވާނުންނަށް ފަހިވާން ޖެހޭ ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒުތައް ބިނާކޮށްދޭން ވެސް ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މާރުކޭޓުތަކުގައި އޮންލައިންކޮށް ވިޔަފާރީގެ މުއާމަލާތުތައްކޮށް، ޒުވާނުންގެ އުފެއްދުންތަކާ ހުނަރުން، ރާއްޖޭގައި ތިބެގެން މަންފާ ހޯދޭނެ މަގު ހުޅުވައިދޭން ޖެހޭ ކަމަށެވެ.
އެގޮތުން އޮންލައިން ޕޭމަންޓް ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަދި ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާ ގުޅޭ ގޮތުން މަސައްކަތް ދަނީ ކުރެވެމުން. ހަމައެހެންމެ ފިކުރީ މުދާ ރައްކާތެރިކޮށް ދިނުމަށް ބޭނުންވާ ގާނޫނުތައް ތައްޔާރުކޮށް މި މަޖިލީހަށް ފޮނުވޭނެ. އަދި ގައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީއެއް އެކުލެވިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "ކްރިއޭޓިވް ހަބް" އިމާރާތް ކުރުމުގެ މަސައްކަތް އިރާދަކުރެއްވިޔާ މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ފެށިގެންދާނެ ކަމަށެވެ. އެގޮތުން ޒުވާނުންނަކީ ކޯޑިންގގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭނެ ބަޔަކަށް ހެދުމަށް ފަސް އަހަރު ދުވަހުގެ ޕްލޭނެއް މިހާރު އެކުލަވާލެވިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު