ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 500 ހައުސިން ޔުނިޓް ދޭން ނިންފައިފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތަފާތުއެކި ނުކުޅެދުންތެރިކަމާ ހުރެ، މުޖްތަމަޢުގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މި އަހަރު ފައްޓަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ ގައުމީ ދަފްތަރެއް ނެތުމުގެ ސަބަބުން ސަރުކާރުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ އެތައް ރައްޔިތުންނެއް އެކަމުން މަހުރޫމުވެފައި އެބަތިބި ކަމަށެވެ. އަދި ދަފްތަރާއެކު ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމަޢެއް، މާޙައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެއްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިޔުނިޓީ ތެރަޕިސްޓުން ނެރެ ނަފްސާނީ އެކި ބަލިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށްއެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ފަށައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަދި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި." ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު