ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޖަލްސާއެއްގައެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިހުތިޖާޖުކޮށް އަޑުގަދަކޮށް އެ ޖަލްސާ ބޮއިކޮޓް ކުރުމަކީ އެއިރެއްގައި އޮންނަ އިދިކޮޅު ޕާޓީއެއްގެ ފަރާތުން މީގެކުރިން ވެސް ފެނިފައިވާ ކަންކަމެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު ވަހީދުގެ ރައީސް ކަމުގައާއި ރައީސް ޔާމިންގެ ވެރިކަމުގައި ވެސް އަދި ނިމިދިޔަ ރައީސް ސާލިހު ގެވެރިކަމުގަވެސް ރިޔާސީ ބަޔާން އިއްވާ ބައެއް ޖަލްސާ ތަކުގައި މަޖިލިސް ތަލުމުގައި އިދިކޮޅުން އިހުތިޖާޖުކޮށް އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު