ސަސްޕެންޑްކޮށްފައި ހުރި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.
ސިވިލް ސާވިސްއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެއް މަސް ދުވަހަށް އަހުމަދު ސަސްޕެންޑްކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.
މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުރި އަހުމަދު އިސްތިއުފާ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ އިސްތިއުފާގެ ސިޓީގައި އެއްވެސް ކަމެއް ގަވާއިދާ ހިލާފަށް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އަހުމަދުގެ ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތެއް ސިވިލް ސާވިސްވެސް އަދި އެޑިއުކޭޝަން މިނިސްޓްރީންވެސް ހާމައެއް ނުކުރެއެވެ.
އަޙްމަދު ޢަލީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް އައްޔަނުކޮށްފައިވަނީ ޖޫން 13، 2019 ގައެވެ.
ތަޢުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަޙްމަދު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގައިވެސް މަސައްކަތް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު